65فَإِذا رَكِبوا فِي الفُلكِ دَعَوُا اللَّهَ مُخلِصينَ لَهُ الدّينَ فَلَمّا نَجّاهُم إِلَى البَرِّ إِذا هُم يُشرِكونَދިވެހި (Dhivehi)ފަހެ، އެއުރެން ނަވަށް އެރިހިނދު، އެކަލާނގެއަށް إيمان ކަން خالص ކުރާ حال ގައި، اللَّه އަށް އެއުރެން دعاء ކުރެތެވެ. ފަހެ އެކަލާނގެ އެއުރެން ސަލާމަތް ކުރައްވައި، އެއްގަމަށް ގެންނެވިހިނދު، އެއުރެން (އެކަލާނގެއަށް) شريك ކުރެތެވެ.